މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ "އާލާ" ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ބޯޓު ދިޔަވެގެންކަމަށެވެ.
އެ ހާދިސާ ހިނގީ 8:42 ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ބޯޓުގައި ތިބި އެންމެން ކޯސްޓް ގާޑުން ސަލާމަތް ކުރި ފަހުން ކަމަށާއި އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.