އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ގދ.ހޯޑެއްދޫގައި ކޮމިޔުނިޓީ އިމަރޖެންސީ ރެސްޕޯންސް ޓީމް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

އެރަށު ކައުންސިލްގެ އެދިލެއްވުމަކަށް އެ ރަށުގައި ޖޫން 3 އިން 8 އަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ދެ ޖިންސު ހިމެނޭހެން އެ ރަށުގެ 15 ފަރާތެއް ވަނީ ބައިވެރިވެފައިވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތަުގައި މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދޭ ބައިތަކުގެތެރޭގައި ފަޔަރ ބިހޭވިއަރ، ލިކުއިޑް ޕެޓްރޯލިއަމް ގޭސް، ޕޯޓަބަލް ފަޔަރ ޕަމްޕް ސްޓަރޓިންގ އެންޑް ސްޓޮޕިންގ ޕްރޮސީޖަރސް، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތް، ފަޔަރ ފައިޓަރ ބޭސިކް ނޮޓްސް، ފަޔަރ ފައިޓިންގ ހޯސް ކެރީ، ލެޔިންގ އަދި ރޯލިންގ މެތަޑްސްގެ އިތުރުން މެނޭޖިންގ ޑިޒާސްޓަރސް ހިމެނެއެވެ. މީގެއިތުރުން، ކޮމާންޑް ޓާސްކުތަކާއި ޓޭބަލް ޓޮޕް އެކްސަސައިޒްތައްވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.