އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގުރޭޑު 5 ގެ ދަރިވަރުންނަށް ކުރެހުމުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތަކެއް ސިފައިން ފަށައިފިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އެދިލެއްވުމަކަށް މިނިސްޓްރީ އޮފް ޑިފެންސުން ޢަރަބިއްޔާ ސްކޫލުގައި ތަޢުލީމު ޙާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކުލާސްތައް ނަންގަވާދެއްވަނީ އެމްއެންޑީއެފްގައި ކުރެހުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުނަރުވެރި ދެ ފަންނުވެރިން ކަމުގައިވާ ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީއާއި ލާންސް ކޯޕްރަލް ޙަސަން ޖިހާދެވެ.

ކުރެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ މި ކުލާސްތަކުގައި ކިޔަވައިދެއްވާ ބައިތަކުގެ ތެރޭގައި އޮބްޒަވޭޝަން އާޓްއާއި، ޕެންސިލް ސްކެޗިންގއާއި ޝޭޑިންގ ގެ އިތުރުން ޑްރޯވިންގ ޓެކްނީކްސް އަދި ބައެއް ޓިޕްސް ހިމެނެއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ސެޝަންގައި ގާތްގަނޑަކަށް ޖުމްލަ 60 ދަރިވަރުން ބައިވެރިވިއެވެ.