އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އއ.މަތިވެރި ސްކޫލުގެ މުވައްޒަފުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އއ.މަތިވެރީ ސްކޫލުގައި މަސައްކަތްކުރައްވާ 40 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ހޭލުންތެރިކުރެވިފައި ކަމަށެވެ.

މިގޮތުން އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނޭ ގޮތާއި، އަލިފާން ރޯވަން މެދުވެރިވާ ސަބަބުތައް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލަދީ، ކިޗަން ސިމިއުލޭޓަރ ބޭނުންކޮށްގެން ގޭސްފުޅީގައި ރޯވުމުން އަމަލުކުރަން ޖެހޭ ގޮތްތައް ވަނީ ކިޔައިދީފައިކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި އެވެއާނެސް ކުލާސްތަކުގައި ކިޔަވައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.