އިމާދުއްދީން ސްކޫލުގެ ސްކައުޓުންނަށް ފަޔަރ އެވެއާނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއީ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިއްޔެ ހެނދުނު 09:30 މެންދުރު 12:30 އަށް ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ޓްރޭނިންގ ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، އެފަދަ ހާދިސާތަކުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާނޭ ގޮތާއި، އަލިފާން ރޯވަން މެދުވެރިވާ ސަބަބުތައް ވަނީ ދަސްކޮށްދީފައެވެ.

މީގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތްތައްވެސް ވަނީ ދަސްކޮށްދީފައެވެ.

އަދި ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިވާން ނިއްވަން ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.