ކާފުއަތޮޅު މާލެއިން ފުރައިގެން، ތިރީސް މީހުން ގޮވައިގެން ނ. ވެލިދޫ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

ތިރީސް މީހުންނާއެކު މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރު ކުރަމުން ދިޔަ "ލީޖަން 7″ ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފައިވާ ކަމަށް، މިއަދު އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މިހަބަރުލިބުމާއެކުހެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ލޯންޗަށް ރާޅު އަރާފައިވަނީ ނ.ރަންދެލި ރިސޯޓު ކައިރިން ކަމަަށްވެސް ބަނީ ބުނެފައެވެ. އެހެންކަމުން ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަން ކަމަށެވެ. ލޯންޗު އަޑިއަށް ގޮސްފައި ވަނީ އޭގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބި ފަހުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.