ހައްޖުގެ އަޅުކަން އެކަމަކާ ނުލައި ފުރިހަމަ ނުވާ އަރަފާތްދުވަސް ނުވަތަ ހައްޖު ދުވަސް، މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުން، މައްކާގެ މާތްވެގެންވާ ބިމުގައި އަދާކުރަމުންދާ މިދަނޑިވަޅުގައި، ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދެ މީހެއްގެ ބަލި ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން އަންނަކަމަށާއި އެހެންނަމަވެސް އަރަފާތުބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސްޓޭޓް މިނިސްޓަރ އަނިލް މިހެން ވިދާޅުވީ ހައްޖު ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ހާއްސަ ކަވަރޭޖްގައި ދިވެހިންގެ ޙައްޖުގެ ކަންކަން ކުރިއަށްދާގޮތް ހިއްސާކުރައްވަމުންނެވެ.

އައި.ސީ.ޔޫގައި ތިބި ދެ މީހުން، ޢަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ސަޢުދީ ސަރުކާރުން އޮކްސިޖަން ގުޅައިގެން، އެންބިޔުލާންސްގައި، ޙައްޖުވެރިން ޢަރަފާތު ބިމަށް ގެނެސްދޭ ކަމަށާއި، އެގޮތަށް ޢަރަފާތު ބިމަށް ގެންދަން ޖެހުނުމަވެސް އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރައްވާކަމަށެވެ.

"ޢުމުރުން ދުވަސްވީ ދެ ބޭފުޅަކު، ބަލި ޙާލަތުގެ ގޮތުން، އައި.ސީ.ޔޫއަށް ވައްދަން ޖެހިގެން އެ ދެ ބޭފުޅުންނަށް އަދި އައުމުގެ ކަންތައްތައް މުޅިއަކުން ހަމައެއް ނުޖެހޭ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދަކީ މިއަހަރުގެ މާތްވެގެންވާ ހައްޖު ދުވަހެވެ. ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް، މިދުވަހުގެ އަޅުކަން ކަމުގައިވާ އަރަފާތުބިމުގައި ހިނދުކޮޅަކުނަމަވެސް މަޑުޖެހިލުމަކީ ހައްޖު ފުރިހަމަވުމަށް ކަނޑައެޅިފައިވާ މުހިންމު ޝަރުތެއް އަދި ރުކުނެއްވެސްމެއެވެ. ހުރިހާ އަޅުކަމެއް ލިބި، އަރަފާތު ބިމުގެ މިއަޅުކަން ފުރިހަމަ ނުކުރެވުމަކީ ހައްޖު ފުރިހަމަނުވުމެކެވެ. އެހެންކަމުން މިދެ ދިވެހިންނަށް ކޮންމެ ހާލެއްގައިވެސް މާތްވެގެންވާ އެބިމާ ހަމައަށް ދެވޭނެ ގޮތް މެދުވެރިވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ދުއާއެވެ. އާމީން!