ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް، ފޭލި ޖަމްއިއްޔާގެ ފަރާތުން ބ. އޭދަފުށީގައި ނިޔަމިކަމުގެ ސަނަދު 2، ކޯހެއް ހިންގައި، ބައިވެރިންނަށް ސަނަދު ހަވާލުކޮށްފިއެވެ. ހަތަރު ދުވަހަށް ހިންގި މިކޯހުގައި ސައުވީސް ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލު ކޮށްފައެވެ.

ކޯހުގައި ކިޔަވައިދެއްވީ އައިއެލްޓީއީ މެރިޓައިމް އެކެޑަމީގެ އިންސްޓްރަކްޓަރެކެވެ. މިއީ އޭދަފުށީ ކައުންސިލާ ގުޅިގެން އޭޝިޔާ ފައުންޑޭޝަން ގެ އެހީތެރިކަމާއެކު ހިންގި ކޯހެކެވެ.

ކޯހުގެ ބައިވެރިންނަށް ސަނަދު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ވޭތުވެދިޔަ ހަފުތާގެ ބުރާސްފަތިދުވަހު، އޭދަފުށީގައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޮމާންޑް ޓްރޭނިންގ އެންޑް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އިޝްފާނެވެ.