އަޟްޙާ ޢީދު ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިހާރު ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަން މާދަމާގެ ނިޔަކަށް ކުރިއަށް ގެންދާނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިއީ ކޮންމެ އަހަރަކު އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ ޚާއްސަ އޮޕަރޭޝަނެކެވެ. ކޮންމެ އަހަރަކު ޢީދު ބަންދަށް މާލެެއިން ވަރަށް ގިނަމީހުން އެކިރަށްރަށަށް ދަތުރުކުރެއެވެ. އޭގެ ތެރެއިން ގިނަ މީހުން ދަތުރުކުރަނީ ކަނޑުމަގުންނެވެ. އެހެން ކަމުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ މި އޮޕަރޭޭޝަނުގެ މައިގަނޑު ބޭނުމަކީ ދަތުރުކުރާ މީހުން ސަލާމަތްތެރިކަމާއެކު މަންޒިލަށް ދެވޭތޯ ކަށަވަރު ކުރުމެވެ.

މި އޮޕަރޭޝަނުގެ ތެރެއިންް އުޅަނދުފަހަރުގައި ސަލާމާތި ކަންކަން ހުރިތޯ ބަަލައި ކަށަވަރުކުރަމުންދާނެއެވެ.