ފުވައްމުލައް ސިޓި ކުނިގޮނޑުގައި ހުރި ޖުނުތަކެއްގައި މިއަދު ރޯވެއްޖެއެވެ. މިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު އެތަނަށްގޮސް ކުރިމަސައްކަތުން ވަނީ އަލިފާން ކޮންޓްރޯލްކޮށްފައެވެ.

އަލިފާން ކޮންޓްރޯލް ކޮށްފައިވަނީ މެންދުރުފަހު 2:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން މިހާރު ގެންދަނީ އަލިފާނުގެ އަސަރު އިތުރަށް ހުރިތޯ ބަލަމުންނެވެ. މިހާދިސާ ހިނގިގޮތެއް އަދި ކަށަވަރެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔައެއް ނުވެއެވެ.

މީގެ ކުރީން ވެސް ފުވައްމުލައް ސިޓީ ކުނިގޮނޑުގެ ކުނިތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އެފަހަރުތަކުގައި ވެސް ފަޔަރުން ވަނީ އަލިފާން ނިއްވާލައިފައެވެ. ރަށްރަށުގައި ހުންނަ މިފަދަ ކުނިތަކުގައި ރޯވުން ނުވަތަ ރޯކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ.