ގދ. ގައްދޫ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ރަޅެއޮޑިގައްލާ ކައިރިއަށް އިންޖީނު ހުއްޓުނު ޑިންގީއެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ރޭ 21:44 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު، އެ ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ދިޔަކަމަށެވެ.

ދެ މީހުންނާއެކު ދަތުރުކުރި ޑިންގީ ރަޅުއޮޑެގައްލާގެ ފަޅުތެރެއަށް ވެއްދުމަށްފަހު، އެ ޑިންގީން ދަތުރުކުރި މީހުން ވަނީ ގދ. ފަރެސްމާތޮޑާއަށް ރޭ 23:50 ހާއިރު ގެންގޮސްދީފައެވެ.

ޑިންގީން ދަތުރުކުރި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.