މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޅ.ނައިފަރު، ސުކޫން ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، އެ ރަށު "ސުކޫން" ގޭގެ ފުރާޅު މަގުމައްޗަށް އިއްޔެ 11:15 ހާއިރު ކަމަށެވެ.

އަދި އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފަވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.