އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ބ.އޭދަފުށީގައި ހުންނަ އުރީދޫ މޯލްޑިވްސް ބްރާންޗުގައި މިމަހުގެ ހަވަވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި އުރީދޫ މޯލްޑިވްސް، އޭދަފުށީ ބްރާންޗުގެ 08 މުވައްޒަފުން ބައިވެރިވިކަމަށެވެ.

މި ސެޝަންގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ. އަދި މި ސެޝަންގެ ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވާން ފަރިތަކޮށްފައެވެ.

މުދައްރިބުންގެ ގޮތުގައި މި ސެޝަންގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.