އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާޠިހް، ލ. އަތޮޅުގެ ތިން ރަށެއްގެ ކައުންސިލްތަކާއި، އެ ރަށްތަކުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިމަހު 10 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ތ.ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށްތަކުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ގުޅިގެން އެ ރަށްރަށުގެ އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން މި ބައްދަލުވުންތަކުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ އަރިހުގައި އެ އޭރިއާ ކޮމާންޑްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ ނަޞްރުﷲ ވަސީމްގެ އިތުރުން އެ އޭރިއާގެ ކޮމްޕޯނަންޓްތަކުގެ ކޮމާންޑަރުން ބައިވެރިވެލެއްވިއެވެ.