މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހދ.ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި "އަޅިވިލާ" ނަމަކަށްކިޔާ 95 ފޫޓުގެ މި ދޯންޏަށް ޅ.ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:52 ހާއިރު ކަމަށެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި ވަނީ އެރަށު ބަނދަރަށް ވައްދާފައެވެ. އަދި ދިޔަވާތަން ބެއްދުމަށްސިފައިންގެ ޑައިވަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.