އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން، ނިޔާމް ޕްރައިވެޓް އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ނިންމާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ޖުލައި 9 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯހުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 10 މުވައްޒަފަކު ވަނީ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައެވެ.

މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައެވެ.

ނިޔާމް ޕްރައިވެޓް އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެލެއްވީ މި ދާއިރާއިން ޢިލްމާއި ތަމްރީން ހޯއްދަވައިގެން ތިއްބެވި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޤާބިލު ފަޔަރފައިޓަރުންނެވެ