އެމްޑީޕީ ސަރުކާރުންދިވެހިބަސް ނައްތާލަން އުޅޭ ކަމަށް އައްޝައިހް އަބްދުﷲ ސައުދާން ތުހުމަތު ކުރައްވައިފިއެވެ.

ޝައިހް މިފަދައިން ތުހުމަތު ކުރައްވާފައި މިވަނީ އެމްޑީޕީ މެނިފެސްޓޯގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން ހިމެނުމާ ގުޅިގެންނެވެ.

މިކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ޝައިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންނަށް ދިވެހިބަސް ނޭނގިގެން އުޅެނީ އިނގިރޭސި ބަހުން ހުރިހާ މާއްދާއެއް ކިޔަވައިދޭތީ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ދީން ވިއްކާލާފައި ގައުމު ވިއްކާލާފައި ގައުމިއްޔަތު ވިއްކާލައިފި ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

މިއަހަރުގެ އެމްޑިޕީގެ ރިޔާސީ މެނިފެސްޓޯގައި ބުނެފައި ވަނީ ދެވަނަ ދައުރެއްގެ ވެރިކަން އެމްޑީޕީއަށް ލިބިއްޖެ ނަމަ ސުކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައެވެ.

މާދަރީ ބަހުގައި ކޮޅުފައިން ޖެހުމަކީ ދިވެހީންގެ ގައިގަ ކޮޅުފައިން ޖެހުން ކަމަށްވެސް ޝައިހުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ

މި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.