އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ 12 ވަނަ އިމިގްރޭޝަން އެންފޯސްމަންޓް ކޯހުގެ ފަސްޓް އެއިޑް މޮޑިއުލް ކިޔަވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިން ކުލާސްތަކެއް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މިމަހު މަހުގެ 13 އިން 19 އަށް ކުރިއަށްގެންދާ މި ޕެކޭޖްގައި، ސްޓޭންޑަޑް ފަސްޓްް އެއިޑްގެ އިތުރުން ސީޕީއާރު-އޭއީޑީގެ ބައިތައް ކިޔަވައިދޭނެއެވެ.

އެގޮތުން ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ފޯރުކޮށްދީ ދަސްކޮށްދެވޭނެއެވެ.

އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ކޯހުގައި އެ އިދާރާގެ 17 މުވައްޒަފުން ބައިވެެރިވެފައިވެއެވެ.