އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ރަނިންމޭޓް، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ބައިވެރިވެވަޑައިގެން ހިންގޭ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތެއް މިއަދު މާލޭގައި ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ދޮރުން ދޮރަށް ކެންޕެއިން ހަރަކާތް ކުރިއަށް ދާނީ މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 16:30 ގައި ހިރިޔާ ސުކޫލު ކައިރީގައި ހުންނަ ޕީޕީއެމް އޮފީސް ކައިރިން ކަމަށްވެސް އިދިކޮޅުން މައުލޫމާތުދެއެވެ.

މި ހަރަކާތުގައި ރަނިންމޭޓު، މެންބަރު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދުން ފުރަތަމަ ޑޯޓުޑޯ ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުނު މުއިއްޒުގެ ފުރަތަމަ ދޮރުން ދޮރަށް ކެންޕެއިން ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އާއި ސެމްބެވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިވަގުތު މުޢިއްޒު އުޅުއްވަނީ ބޮޑު ތިލަދުންމަތީގެ ރަށްތަކުގައި ކެންޕެއިން ހަރަކާތްތައް ހިންގެވުމުގައެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމުން އެމަނިކުފާނުގެ ބަދަލުގައި ކަނޑައެޅުނު ބެކްއަޕް ކެންޑިޑޭޓް، ޑރ މުއިއްޒުގެ ކެންޕެއިން ސްލޯގަންއަކަށްވެސް ބޭނުން ކުރަނީ ރައީސް ޔާމީންގެ ސްލޯގަން އަކަށް ކަނޑައެޅި "ދިވެހީންގެ ރާއްޖެ" އެވެ.