ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކެމްޕޭނަށް މިއަދު ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

އެ ޕާޓީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އިލްޔާސާއި ރައީސް ނަޝީދު މިއަދު ހއ.އަތޮޅާއި ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނެ ކަމަށެވެ.

އަދި މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށާއި އެއަށްފަހު އާދިއްތަ ދުވަހު ނ.އަތޮޅަށް ފުރާވަޑައިގަންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި ނޫނަށް ކުރައްވާ ދަތުރުފުޅު ނިންމަވައިިލައްވާނީ އެ ހަފުތާގެ ބުދަ ދުވަހުއެވެ.

މީގެއިތުރުން ރަނިންގމޭޓް ޙުސައިން އަމްރު މި ހަފުތާގައި ބ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.