ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފް ބުނި ގޮތުގައި މި މަސްބޯޓުގައި ތިބީ ހަތް މީހުންނެެވެ.

އަދި ހއ.ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުގައި މި ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10'' ދޯނިން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މީގެ އިތުރުން މި ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދާފައެވެ. އަދި މި ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ދަނީ ކުރަމުންނެވެ.