ސިފައިންގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ ޚިދުމަތުގައި 26 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީ، އުމުރުން 45 އަހަރުގައި މިއަދު ކުއްލިގޮތަކަށް ނިޔާވެފައި ވާކަމަށެވެ.

އަދި ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީ ނިޔާވެފައިވަނީ މިއަދު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.