ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތައް ދޭނެ ކަމަށް ބުނެ ނެރެގެން އެ އުޅެނީ ސީދާ ސްކޭމެއްކަމަށާއި އެއީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ސްކޭމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ގުޅިފަޅުން ބިން ހިއްކާފައި ދޭނީ ކިތައް ގޯތިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ހިސާބުތަކުން ފެންނަން ނެތް ކަމަށާއި ނަމަވެސް ގޯތި ދޭނެ ކަމަށް ބުނެ ޗާޓެއް ސަރުކާރުން ނެރެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ، ނުލަފާ ކަމެކޭ ރާވައިގެން ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިވާ މިންވަރު، އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ވަގުތު، އަދި އެންމެ ބޮޑަށް އެދި އެދި ހުރި ވަގުތު. ރައްޔިތުންގެ ގާތުގައި ކަލޭމެންގެ ވޯޓު ދޭނީ މި ގަނޑު ކޮޅުގައި ސޮއިކޮށްގެންނޭ މި ގަނޑޫ ކޮޅުގައި ސޮއިކުރީމާ މިވެނި ތަނަކުން ގޯއްޗެއް ލިބެން އެބައޮތޭ. ކިޔައިގެން ހަދާ، ކަނޑައެޅިގެން ހަދާ ދޮގު" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެކަން ކުރެވޭނެ ޕްލޭނެއް، އަންދާޒާ ހަރަދެއް، ފައިސާ ހޯދާނެ ގޮތެއް ސަރުކާރުން ހޯދާފައި ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު ގޯތި ދޭނެ ކަމަށް ބުނެ ނެރެގެން އެ އުޅެނީ ސީދާ ސްކޭމެއް. އެޔަކު ގޯއްޗެއް ނެތް. ހިކިފަސް ބިމެއް ވެސް ނެތް. އަދި ހިއްކޭނެ ފަޅެއް ވެސް ނެތް. އެކަން ކުރާނެ ޕްލޭނެއް ވެސް ނެތް. އެކަމަށް އަންދާޒާ ވާނެ ރުފިޔާގެ އަދަދެއް ވެސް ނޭނގޭ. އެ ރުފިޔާ ހޯދާނެ ގޮތެއް ވެސް ނޭނގޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެއްވެސް ސަރުކާރަކުން ގޯއްޗެއް ދިނުމަށް ވައުދުވެފައިވާ ނަމަ ދެން އަންނަ ސަރުކާރަކުން އެ ވައުދެއް ފުއްދައިދޭން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އަދި ރައީސް ޞާލިޙް ސިޔާސީ ބޭނުމަށް ގޯތީގެ ވައުދުވެވަޑައިގެންނެވި ނަމަވެސް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ވެރިކަމެއްގައި މާލެ ސަރަހައްދުގައި އުޅޭ 35،000 އާއިލާ އަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލެ ރައްޔިތުންނަށް ބިން ދިނުމަށް ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްދާއިރު، އެ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިޢުލާންކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި އިރު، މިހާރު ލިބެން ހުރި 9،003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެ