އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ،އެކަން ފާހަގަކުރުމުގެ ގޮތުން އުތުުރުގެ ފަސް ރަށެއްގައި ސިފައިންގެ މިލިޓަރީ ޕެރޭޑް ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ޕެރޭޑް ކުރިއަށް ދާނީ މަހުގެ 25 އިން 29 ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިޕެރޭޑް ބާއްވަން ނިންމާފައިވާ ރަށްތަކަކީ:
- ހދ. ހަނިމާދޫ
- ހދ. ކުޅުދުއްފުށި
- ހއ. ދިއްދޫ
- ހއ. އިހަވަންދޫ
- އަދި ހދ. ނޮޅިވަރަންފަރުގައެވެ.
މިގޮތުން، މި މަހުގެ 25 ވަނަ ދުވަހު ހދ. ހަނިމާދޫގައި އަދި 26 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވަން ހަމަޖެހިފައިވާއިރު، 27 ވަނަ ދުވަހު، ޕެެރޭޑް ބާއްވަން ހަމަޖެހިފައިވަނީ ހއ.ދިއްދޫގައެވެ.
މީގެ އިތުރުން، މި މަހުގެ 28 ވަނަ ދުވަހުގެ ޕެެރޭޑް ހއ. އިހަވަންދޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހުރިހާ ރަށްތަކެއްގައި ވެސް ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.