މާލޭގައި މިރޭ ތިން މިނެޓަށް ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލޭގައި އޮންނަ އިވެންޓެއްގައި، މިރޭ 22:45 ހާއިރު، މާލޭގެ ހުޅަނގު ދެކުނުކަންމަތި ވެމްކޯ ސައިޓްގެ ބޭރުގަައި ހަވާ އެރުވުން އޮންނާނެ ކަމަށެވެ.

އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް ތިން މިނެޓެއްހާއިރަށް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މިއީ އެމްއެންޑީއެފް އިން ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.

ރާއްޖޭގައި ހަވާ އެރުވުމުގެ ކަންކަން އާއްމުކޮށް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސިފްކޯ ކުންފުނިންނެވެ.