ކުޅުދުއްފުށީ ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ހަދަމުން އަންނަ 400 ހައުސިން ޔުނިޓުގެ ލޭބަރ ކުއާޓާއެއްގައިކަމަށެވެ.

އަދި މިއަދު މެންދުރު 14:35 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފައިކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ 15:05 ހާއިރު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.