ހަށިގަނޑުން ދުވާ ވަހަކީ އިންސާނާގެ ހަށިގަނޑުގެ ބައެކެވެ. އެއީ ހަށިގަނޑުގެ އެއް ހިއްސާއެވެ. ކޮންމެ އިންސާނެއްގެ ގައިގައިވެސް ކޮންމެވެސް ކަހަލަ ވަހެއް ހުންނާނެއެވެ. އެވަހަށް ބަދަލު އައުން، ގައިން ދުވާ ވަސް ނުބައިވުމާއި އެވަސް މީރު ވުމާވެސް ގުޅިފައި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއެވެ.

ގައިން ދުވާވަހުގެ ހަގީގަތަކީ ގައިގެ ހަމުގައި ހުންނަ ބެކްޓީރިއާ އާއި ދަލާ އެކުވުމުންނެވެ. ދަލަކީ އޭގެ ޒާތުގައި އެއްވެސް ވަހެއް ހުންނަ އެއްޗެއް ނޫނެވެ.

ގައިން ދުވާ ވަސް އުފެދެނީ އަހަރެމެންގެ ގައިގައި ހުންނަ ދަތިދޭތެރެތަކުގައި ހުންނަ (ކުރިން މިބުނި ފަދަ ހަމުގައި ހުންނަ) ބެކްޓީރިއާތަކުންނެވެ. ދާ ހިއްލަން ފެށުމުން މި ބެކްޓީރިއާތައް ދަލާ އެކުވުމުން، ދަލުގައި ހުންނަ ޕްރޮޓީންތައް އެސިޑަށް ބަދަލުވެގެންދެއެވެ. އަދިދެން ގައިން ވަސް ދުވާ ގޮތް ވެއެވެ. އެހެންކަމުން މި ވަސް ނުބައި ވުމާއި ވަސް ރަނގަޅު ވުން ބިނާ ވަނީ އަހަރެމެންގެ އަމިއްލަ ނަފުސުގެ މައްޗަށެެވެ.

ގައިން ދުވާ ވަސް ގަދަވެ، ވަސް ނުބައިވާ ބައެއް ސަބަބުތައް

 • ބަރުދަނަށް ބަދަލު އައުންބަރުދަން އިތުރުވުމުން ހަމުގެ ފަށަލަ އިތުރުވެދެއެވެ. މި ފަށަލަތަކުން އުފެދޭ ދަލުގައި ބެކްޓީރިއާ ހިފެހެއްޓޭތީ، ހަށިގަނޑުގައި ވަރުގަދަ ވަހެއް އުފެދޭގޮތްވެއެވެ.
 • ފިޔާ، އަލުވި، އަދި ބައެއް ކަހަލަ ކްރުސިފަރަސް ބާވަތުގެ ތަރުކާރީތަކުގައި ހުންނަ (ކޮލިފްލާވަރ، ބޮކްޗޯއި، ކެބެޖް، ބްރަސަލްސްޕްރައުޓްސް، ފަދަ ސަލްފަރ ހުންނަ ބާވަތްތައް) ސަލްފަރގެ ސަބަބުން ގައިގެ ވަސް ނުބައިކުރުވައެވެ.
 • ބައެއް ކަހަލަ ހަވާދު ބާވަތްތައް ބޭނުންކޮށްގެން ހަދާފައި ހުންނަ ކެއުންތައް، (ލޮނުމިރުސްފަދަ، ރިހާކުރުފަދަ ތަކެތި މާގިނައިން ބޭނުންކުރުން، ހަވާދު ތައްޔާރުކުރާ ބާވަތްތައް)
 • އޭގެ ތެރޭގައި ހަކުރުބަލި، ކިޑްނީގެ މައްސަލަ ނުވަތަ ފުރަމޭގެ ބަލި، އަދި އޯވަރއެކްޓިވް ތައިރޮއިޑް ހިމެނެއެވެ. ވަރަށް މަދުން ދިމާވާ ބައެއް ޖެނެޓިކް ހާލަތްތަކުގެ ސަބަބުން ވެސް ހަށިގަނޑުގެ ވަސް ބަދަލުވެދާނެއެވެ.
 • ބައެއްކަހަލަ ހާލަަތްތަކުގައި ގައިން ނުބައި ވަސްދުވުމަކީ ވަހާމެދު ހާސްވާ ވަރަށްވުރެ މާބޮޑަށް ނުރައްކާތެރި ބައްޔެއްގެ އަލާމާތަކަށްވެސް ވެދާނެކަން ދަންނަންވާނެއެވެ.
 • އާއިލީގޮތުން ގަދައަށް އަވަހަށް ދާހިއްލާ ގޮތްވެދާނެ، އެހެންކަމަށްވާނަމަ މިއީވެސް ވިސްނަން ޖެހޭ، ސަމާލުވާން ޖެހޭ ކަމެއް
 • ފުރާވަރުގެ ދުވަސްވަރާއި ބަލިވެ އިނުމުގެ ދުވަސްވަރު، މެނަޕޯސްގެ ހާލަތުގައިވެސް ގައިން ބޮޑަށް ދާހިއްލުމާއި ވަހަށް ބަދަލުތައް އައުން ދިމާވޭ

ހަށިގަނޑުން ދުވާ ވަރުގަދަ ވަހަކީ ލަދުވެތިކަމެކެވެ. އެކަމަކު މިކަންތައްތަކަކީ ރަނގަޅު ނުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. މިކަމަށް އަމިއްލަ އަށް ފަރުވާ ހޯދޭނެއެވެ. ގައިން ދުވާވަސް، އަހަރެމެން އަމިއްލައަށް ބަދަލުކޮށްލުމަކީ ހަމައެއްވެސް ކަމެއްނޫން އިނގޭތޯއެވެ!

ގައިން ދުވާ ވަރުގަދަ ވަހުން ސަލާމަތްވާނެ ގޮތް، މިކަމަށް ކުޑަ ހިތްވަރަކާއި ފަރުވާވެހުރުން މުހިންމު:

 • ބައެއް ކަހަލަ ކާނާއަކީ އެތަކެތި ކެއުމުން ހަށިގަނޑުގައި އެކި ކަހަލަ ވަސް ހުރުމަށް އެހީތެރިވާ ކެއުންތަކެވެ. ކެއުން ހުންނަން ޖެހެނީ ވަކި ގޮތަކަށެވެ. އެމީހެއްގެ ހަށިގަނޑާއި ސިއްހަތާއި ގުޅުވައިގެން ކެއުން ބަހައްޓައި، ހަށިގަނޑަށް މީރުވަސް ގެނެސްދޭނެ ގޮތަށް ވެސް ކެއުން ބެހެއްޓޭނެ އެވެ. އެއްކުރާން ޖެހޭނީ ކަމުގެ މައުލޫމާތެވެ.
 • އެންޓި ބެކްޓީރިއަލް ސައިބޯނި ނުވަތަ ޑައިލް ފަދަ ބޮޑީ ވޮޝް އެވެބެންޒޮއިލް ޕެރޮކްސައިޑް ކްލީންސަރ، މިފަދަ ތަކެތިން ފެންވަރާ، ގައި ދޮވެލުމަކީ ހަންގަނޑުގައި ހުންނަ ބެކްޓީރިއާގެ މިންވަރު މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
 • ރަނގަޅު އަންޑަރއާރމް ޕްރޮޑަކްޓްސް ހޮވާށެވެ. އަންޑަރއާރމް ޕްރޮޑަކްޓްގެ ދެ ވައްތަރެއް ވެއެވެ: ޑިއޯޑަރެންޓްސް އާއި އެންޓިޕަރސްޕިރެންޓްސް، މިއީވެސް ބެކްޓީރިއާގެ ގަދަފަދަކަން ކުޑަކޮށްލަދޭ ބާވަތްތަކެކެވެ. އެކަމަކު މާބޮޑަށް ދާ ހިއްލުން ނުހުންނަނަމަ މި ފަރުވާ ބޭނުން ނުކުރިއަސް އެންމެ ރަނގަޅެވެ.
 • އަންނައުނު ލުމުގައި ގައިގެ ހަމާއި ގައިން ހިއްލާ ދާ ފަސޭހައިން ހިއްކާލާ ހަރުނުލާފަދަ ފޮއްޗެއް ހިޔާރުކުރާށެވެ. މިއީ ވަރަށް މުހިންމުކަމެކެވެ. ހަށިގަނޑުގެ ވަސް ކޮންޓްރޯލް ކުރުމަށް ރޭޔަން، ސާފުކޮޓްން ފޮއްޗަކީ އެންމެ ރަނގަޅު ބާވަތްތަކެވެ.
 • ކެއުމުގައި ވަސްގަދަ ތަކެތި ގިނައިން ބޭނުން ނުކުރާށެވެ. ފިޔާ، ލޮނުމެދު ފަދަ ތަކެތިން ގައިގެ ވަސް ގޯސްކުރާކަން އަބަދުވެސް ހަނދާން ކުރާށެވެ.
 • ގިނަގިނައިން ފެންވެރުމާއި ފެންޓިޝޫ ބޭނުން ކުރުން، މީރުވަސް ދުވާ ސާމާނު ބޭނުން ކުރުން
 • އަނގައިގެ ވަސް ރަނގަޅުކުރުމަށްވެސް ސަމާލުވުން މުހިންމު، ބަރާބަރަށް ދަތްތަކާއި ދުލާއި ހިރުގަނޑު ސާފުކޮށް ބެހެއްޓުމަކީ ގައިގެ ވަސް ރަނގަޅުވެގެން ދާއިރު ލިބޭ އިތުރު ކުރިއެރުމަކަށް ވާނެ