އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ބަޔަކު އަރަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އުތުރުތިލަފަޅަށް ލޯންޗެއްގައި ގޮސް އެ ރަށަށް އަރަން އުޅުނީ ދިޔަރެސްގެ ނޫސްވެރިންތަކެކެވެ.
މީގެއިތުރުން އެމްއެމްއެންޑީއެފުން ބުނީ އެ ސަރަހައްދަށް ވަންނަން މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެހާމެ ސީރިއަސް މައްސަލައެއް ކަމުގައި ދެކޭތީ އެ ފަރާތްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށެވެ.
އަދި އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް ވިޑިއޯ އާންމުކޮށްފައިވާތީއާއި އެ ރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެ ރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.