ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައިގައި ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށު ބައެއް މަގުތަކުގައި ފެން ބޮޑުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު 09:50 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހެނދުނުން ފެށިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިކަމަަށެވެ.

އަދި ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން، އެރަށުގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކައި މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައިކަމަށްވެސް އެފަރާތުން ބުންޏެވެ.