ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކޮށް ދަ ޑިމޮކްރެޓްސްއިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުއިއްޒު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނަށާއި ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށާއި ޕްރޮގްރެސިވް ކޮނގްރެސް ކޯލިޝަނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެއްކެވީ ޑިމޮކްރެޓިކް ރީތި މިސާލެއްކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ވަނީ އެމަނިކުފާނަށްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.
މީގެއިތުރުން، ބަލި ގަބޫލުކުރައްވައި ރޭގެ ވަގުތެއްގައި ރައީސް ސާލިހް ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯއްދެވި ކާމިޔާބީއަށް މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ވަނީ ވޯޓުލީ މީހުންގެ %53 ހޯއްދަވައިފައެވެ.