ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައިގައި ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށު ބައެއް މަގުތަކުގައި ފެން ބޮޑުވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބުނީ އިއްޔެ 09:25 ހާއިރުކަމަށެެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ވަގުތުން ފެށިގެން ފެން ހިިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިކަމަށެވެ.

މީގެއިތުރުން މި މަސައްކަތުގައި އެރަށުގެ ކައުންސިލް އިދާރާގެ ފަރާތުންވެސް ހަރަކާތްތެރިވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މި ދެފަރާތުގެ މުވައްޒަފުން ގުޅިގެން ވަނީ އެ ރަށުގައި ފެން ބޮޑުވި އެކި ސަރަހައްދުތަކުގައި އިއްޔެ ހެނދުނުން ފެށިގެން ޕަމްޕު ބޭނުންކޮށްގެން ފެން ފެންހިއްކުމުގެ މަސައްކަތުގައި ރޭ 22:00 ހާއިރު ވަންދެން ހަރަކާތްތެރިވެފައެވެ.

އެގޮތުން މަގުތަކުގައި ބޮޑުވެފައިހުރި ފެންގަނޑުތައް ހިއްކައި މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ.