މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ހައިވޭގައި ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ވެހިކަލެއް ފުރޮޅާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުރޮޅާލީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދަތުރުކުރަމުން ދިޔަ ވެހިކަލެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވެހިކަލް ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަހާލައިގެންއެވެ. އެ އެކްސިޑެންޓުގައި ފުރޮޅާލި ވެހިކަލު އިތުރު އެއްވެސް ވެހިކަލެއްގައި ޖެހިފައެއްނުވެއެވެ.

އެމްއެންޑީއެފުން އަންނަނީ ފުރޮޅާލި ވެހިކަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.