ފަލަސްތީންގެ މިނިވަން ކަމަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން ދިވެހި ގައުމީ ދިފާއީ ބާރުގެ މައި ސްކްރީންގައި ފަލަސްތީނުގެ ދިދައިން ދިއްލާލައިފިއެވެ.
އިޒްރޭލުގެ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް މުޅި ރާއްޖެ ވަނީ ތެދުވެފައެވެ. މިދަނޑިވަޅުގއި އެތައް ދިވެހިން މިކަމަށް އެދެމުން ދަނިކޮށް ސިފައިންގެ މައި މަރުކަޒުގެ ސްކްރީނުން ފަލަސްތީނުގެ ދިދަ ފެންނާނެ ގޮތް ހަދައި މިވަނީ ދިއްލާފައެވެ.
ސިފައިންގެ ބޮޑު ސްކްރީނަކީ އާންމުން ހޭލުންތެރިކުރުވާ ތަފާތު މެސެޖްތަކާއި އެކި މުނާސަބަތުތަކާއި ގުޅިގެން އެކަމާއި ގުޅޭ މެސެޖަކާއި އެކު ދިއްލާލާ ސްކްރީނެކެވެ. މީގެ ކުރިންވެސް އެ ސްކްރީން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމަށް އެކި ފަހަރު މަތިން ދިއްލާލާފައެވެ.