އދ. ދަނގެތިން މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ދަނގެތިން އިންޖީނު އެޅި ކުޑަ ދޯންޏެއްގައި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އަދި އެ ހަދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު 11:42 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ 60 އަހަރުގެ ފިރިހެނެކެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކުހެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑު، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ދަނީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.