ޏ. ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ،

އެމްއެންޑީފުން ބުނީ މި ހާދިސާގެ މަޢުލޫމާތު، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 7:44 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މިގޮތުން، ކުނިގޮނޑުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތުގައި، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނާއި ފުވައްމުލަކު ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުން ދާކަމުގައިވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.