މައްޗަން ގޮޅީ ގެއެއްގެ ތިރީގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާން ރޯވެފައި ވަނީ މއ. ފޮގެޓްމީ ނޮޓް ގޭގެ ތިރީ ކަންމަތީގައި ހުރި ކެފޭއެއްގައެވެ. މިއީ އާންމު ގޮތެއްގައި ބިދޭސީ މީހުންގެ ކެއުންތައް ހަމަޖެހިފައި ހުންނަ ކެފޭއެކެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:40 އެހައިކަންހާއިރު ކަމަށެވެ. އެވަގުތުން ފެށިގެން އެސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ބުނެފައިވެއެވެ.

ހޮޓަލުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލެވިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހާދިސާގައި ފުރަތަމަ ރޯވެފައިވަނީ ފޮގެޓުމީނޮޓު ގޭގެ ބަދިގޭގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.