ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެ(ދިރާގު) އިން ދިރާގުން

އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ހިންގާ ގާޒާ އިމަޖެންސީފަންޑަށް ދިރާގުން އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ.

ދިރާގުން ވަނީ ދިރާގު ޕޭ ޕްލެޓްފޯމްގައި ޑިޖިޓަލް ވޮލެޓްމެދުވެރިކޮށް ފަލަސްތީނަށް މާލީގޮތުން އެހީވުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލައިފައެވެ. ކިޔޫއާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފައިސާގެ އެހީ ފޮނުވޭނޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ވޮލެޓަށް ޖަމާކުރާ ހުރިހާ ފައިސާއެއް ދާނީ އައިއޭސީއިން ހިންގާ ގާޒާ ފަންޑަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.