ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ގަބޫލުކުރެއްވީ އެއް ދުވަހަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއް ދުވަހެއްގައި ނޫން ކަމަށާއި، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖެ އިސްލާމްވި ދުވަހަކީ ރާއްޖޭގެ އޭރުގެ ރަސްގެފާނު އިސްލާމްވި ދުވަސް ކަމަށެވެ.
ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީހީ ލިޔުންތަކުން އެނގެން އޮތީ ހިޖުރައިން 1374 ވަނައަހަރުއެވެ. އެއީ މުހައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭރުން ފެށިގެން 14 އަހަރުވާންދެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރިއެވެ.
އޭގެފަހުން ރާއްޖެ އިސްލާމްވި ދުވަސް އަލުން ފާހަގަކުރަން ފަށްޓަވައިފައިވަނީ 33 އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. އެއީ 2000 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ.
ނަޝީދު ފިޔަވައި ދެން ތިބީ ހުސް ގަމާރުން ވީމާ ތިޔަ ކަން ވިސްނައިދެއްވަން ކޮންމެހެންވެސް ޖެހިވަޑައިގަންނަވާނެ. ތިޔަވަރު ވެސް ވިސްނައިލަން އެނގޭ ހަމަ އެކަކު މި ގައުމުގައި ނެތޭ. ބުއްދި އާއި ވިސްނުން ދެރަވީމާ ނޫންތޯ މި މީހުން މަޑުމަޑުން ފެއިލް ވަމުން ގޮސް ނިޒާމުން މި ގެއްލެނީ. ހެހެހެ.