ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން އެހީތެރޮކަން ފޯރުކޮށް ދީފިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނީ މި ހާދިސާގެ ރިފޯޓް ލިބިފައިވަނީ 07:37 ހާއިރު ކަމުގައެވެ.

މި ހާދިސާ ހިނގުމާއެކު ޔޮޓުގައި ތިބި ފަޅުވެރިންނާއި ފަތުރުވެރިން އެހެން ލޯންޗަކަށް ވަނީ ނަގާފައެވެ.

ސަފާރީގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެންލޯންޗަކަށް ނަގާފައިވާ ކަމަށާއި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ނުލިބޭކަމުގެ މައުލޫމާތު ވަނީ ލިބިފައިކަމަށް ސިފައިން ބުނެެއެވެ.

ސިފައިންނަށް ގުޅިއިރުވެސް ޔޮޓުގަ ތިބި ޓޫރިސްޓުން ބާލާފަވާކަމަށް ސިފައިން ބުނެއެވެ.

ލޯންޗުގައި އަލިފާން ރޯވާން މެދިވެރިވީ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ