މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން ހިންގާ ''ސެޓިފިކެޓް ލެވެލް 1 އިން ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ'' ފަށައިފިއެވެ.

އެ ތަމްރީނު ޕްރޮގްރާމް ފެށުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

4 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހުގެ ބައިވެރިންނަށް އުނގަންނައިދޭ ބައިތަކުގެ ތެރޭގައި

  • ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް
  • ސެލްފް ޑިފެންސް ޓެކްނީކްސް
  • އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިއުރިޓީ ކޯޑް
  • ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް
  • ފަސްޓް އެއިޑް
  • ސެކިޔުރިޓީ އިކުއިޕްމަންޓްސް
  • ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް
  • ރޭޑިއޯ ކޮމިއުނިކޭޝަން
  • ސެކިއުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް
  • އަދި ކޯޕަރޭޓް އެންވަޔަރަމަންޓް ހިމެނޭ އިރު މި ބައިތައް ކިޔަވައިދެނީ ކޯސްޓްގާޑުގެ ކަމާބެހޭ ދާއިރާތަކުގެ ސިފައިންނެވެ.

އެ ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ، ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްޕީއެލްގެ ޖުމްލަ 20 މުވައްޒަފަކު އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.