ޣައްޒާއަށް ނިއުކްލިއާ ބޮންއަޅަން އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު ދިން އިންޒާރު ރާއްޖެ ކުށްވެރިކޮށްފިއެވެ.

ހައްދުން ނެއްޓިގެން ގޮސްފައިވާ އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަށް ވަރުގަދަ ކޮށްފައެވެ. ޣައްޒާއަށް ނިއުކްލިއާ ބޮންއަޅަން އިޒްރޭލުގެ ހެރިިިޓޭޖް މިނިސްޓަރު ބުނި ބުނުން ކުށްވެރިކޮށް ރާއްޖޭގެ ފޮރެއިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިޒްރޭލުން ގަދަބާރުން ފޭރިގައިންފައިވާ ޣައްޒާގެ ބިމަށް ނިއުކްލިއާ ބޮމެށް އެޅުމަކީ އޮޕްޝަނެއް ކަމަށް ބުނި ބުނުން ރާއްޖޭގެ ދައުލަތުން ވަރަށް ބޮޑަށް ކުއްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ވަނީ ފަލަސްތީނުގެ ކުށެއްނެތް އާންމުންނަށް ދޭ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އަވަސް ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހުރަހެއް ނެތި ވީހާވެސް އަވަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެޝިގަން މިހާތަނަށް 9000 ވުރެ ގިނަ މީހުން ޣައްޒާގައި ވަނީ ޝަހީދުވެފައެވެ. ހަމާސްއަށް ހަމަލާ ދިނުމުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ދަނީ އަދިވެސް ހަމަލާތަށް ވަރުގަދަ ކުރަމުންނެވެ.