އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒުގެ އެއްބައި ބަންދު ކުރަން ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެ ބޭފުޅުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު، ޖުމްހޫރީ މައިދާނުގަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ އެ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ އެ ފަޅި ނަމާދު ކުރުމަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދު ބަންދު ކުރުމަށް ނިންމާފައި ވަނީ ބޭރު ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތަކަށް ވުމާ އެކު ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދި މެދު ޒިޔާރަތް މަގުގައި ހުންނަ އެ މަރުކަޒުގެ ދެކުނު ފަޅި އާއި ނެޝަނަލް އާޓް ގެލެރީ ކުރިމައްޗަށް ހުންނަ މަރުކަޒުގެ އިރުމަތީ ފަޅި ނަމާދު ކުރުމަށް ބޭނުން ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިވަޑައިގަންފައެވެ.
އެގޮތަށް އެދިވަޑައިގަންފައިވަނީއެ މަރުކަޒުގެ މިސްކިތަށް އަސުރު ނަމާދާއި މަގްރިބު ނަމާދުގެ ވަގުތަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.