އިޒްރޭލުން ޣައްޒާއަށް ބޮންއެޅުން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސް ގައި ކުރެއްވި ޓްވީޓްއެއްގައެވެ. ނަޝީދު ވިދާޅުވީ އިޒްރޭލުން ޣައްޒާއަށް ބޮންއެޅުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި އަދި މުޅި ދުނިޔެ ވަނީ ޣައްޒާއާ އެކުގައި ކަން ވަރަށް ސާފުކޮށްފެނަންްނަ ކަމަށެވެ. އަދި މީގެ އިތުރުން ބޮން އެޅުން ހުއްޓައި ނުލައިފި ނަމަ ދުނިޔެ ދާއިމީކޮށް އިޒްރާއީލާ ދެކޮޅުވާން ޖެހިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާ ތަކުގެ ސަބަބުން މިހާރު ޣައްޒާގައި 10000 އަށް ވުރެ ގިން މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.