ޣައްޒާގައި ޒަޔަނިސްޓް އިޒްރޭލުން ޝަހީދުކޮށްްލި މީހުންގެ އަދަދު 10،569 އަރައިފިއެވެ.

މި ޝަހީދުންގެ ތެރެއިން ގާތްގަނޑަކަށް 4000 ހިއްސާކުރަނީ ކުޑަކުދިންނެވެ. މިއީ މީގެ 60 އެއްހާ އިންސައްތައެވެ.

މީގެއިތުރުން އިޒްރޭލުންގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ޣައްޒާގައި މެދު ސަރަހައްދެއްގައި ހުރި ރެފިއުޖީން ތިބޭ "ނުސެއިރާތު" ކިޔާ ގެޔަކަށް ހަމަލާދީ 18 މީހުން ޝަހީދު ކޮށްލައިފިއެވެ. މީގެ ތެރެއިން 10 ޝަހީދުންނަކީ ކުޑަކުދިންނެވެ.

މި އަދަދަކީ 2007 ވަނަ އަހަރު ޣައްޒާގެ ކޮންޓްރޯލް ހޯދި ފަހުން އިސްރާއީލުން ހަމާސްއާ އެކު ކުރިން ހިނގި ހުރިހާ ހަނގުރާމަތަކެއްގައި ޣައްޒާގައި ގާތްގަނޑަކަށް 5،400 މީހުން މަރުވި އަދަދަށް ވުރެ ބޮޑު އަދަދެކެވެ.