އެއްގޮތަކަށްވެސް ނުރޯ މީހެއްކަމަށް ދައުވާ ކުރަންހެއްޔެވެ. މިއީ މާމޮޅު ކަމެއް ނޫނެވެ. ނުރޯ މީހެއް ކަމުގައި ދެއްކުމަށް ކަރުނަ ލޮލުން ފޫދެން އުޅުމުން ގަދަ ބާރުން ނުރޮއި ހިފަހައްޓާ މީހުންވެސް ތިބެއެވެ. ސަބަބަކީ ބައެއް މީހުން ދެކޭ ގޮތުގައި ރުއިމަކީ ފިނޑިކަމުގެ ހެއްކެކެވެ. އެހެނެއްކަމަކު މިއީ ހަމަ އެއްގޮތަކަށްވެސް ކަމުދާ ވާހަކައެއް ނޫނެވެ. އަދި މިއީ ސައްހަ ކަމެއް ހުރި ވާހަކައެއްވެސް ނޫނެވެ،

ރުއިމާ ބެހޭ ގޮތުން ދިރާސާ ތަކުން ފެންނަ ހަގީގަތް ހަމަ މުޅީން މި ބުނާ "ފިނޑިކަމެއް" ބަހާ ތަފާތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބުމުގެ އިތުރުން ކަރުނަ އޮހޮރުމަކީ ހަށިގަނޑުން އޮކްސިޓޮސިން އާއި އެންޑޯފިންސް ދޫކުރާ ކަމެކެވެ. މި ކެމިކަލްތަކުގެ ސަބަބުން މީހުންނަށް ރަނގަޅު އިހުސާސްތަކެއް ކުރެވޭއިރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް (ހަށިގަނޑަށާއި ސިކުނޑިއަށް) ލިބޭ ވޭނަށް ލުޔެއް ލިބިގެންދެ އެވެ. މިގޮތުން ރޯން ޖެހުމުން ވޭން ކުޑަވެ، ދުޅަހެޔޮކަމުގެ އިހުސާސް އިތުރުވެގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކަމާބެހޭ ހޯދުންތައް ބުނާ ގޮތުގައި ތަފާތު ތިން ވައްތަރެއްގެ ކަރުނަ ހުރެއެވެ.

  • ރިފްލެކްސް ކަރުނަ

މި ކަރުނަ ލޮލުން ދުމާއި ކުނިފަދަ ކުނިތައް ސާފުކޮށްދެއެވެ.

  • ހިފެހެއްޓުމެއް ނެތް ކަރުނަ

މިގޮތަށް ހުއްޓުމެއް ނެތި ލޮލަށް ކަރުނަ ޖަމާވެ އިންފެކްޝަނުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. މިކަރުނައިގައި ހިމެނެނީ 98 އިން ސައްތަ ފެނެވެ.

  • އިމޯޝަނަލް ޖަޒުބާތީ ކަރުނަ

މިކަރުނައިން ސިއްހީ ގިނަ ފައިދާ ތަކެއް ލިބިދެއެވެ. މި ކަރުނައިގައި ސްޓްރެސް ހޯމޯންތަކާއި އެހެނިހެން ވިހަ މާއްދާތައް އެކުލެވިގެންވެއެވެ. ސައިންސްވެރިން ތިއަރިޒްކޮށްފައިވާ ގޮތުގައި ރޮއިލުމުން ތިބާގެ ހަށިގަނޑުން މިކަންކަން ބޭރުވެގެން ދެއެވެ.

ރިފްލެކްސް ކަރުނައިން ލޮލުން ދުމާއި ކުނިފަދަ ކުނިތައް ސާފުވެއެވެ. މެދުކެނޑުމެއްނެތި ލޮލުން ކަރުނަ ޖަމާވެ އިންފެކްޝަނުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ނަފްސާނީ ކަރުނައިގެ ސަބަބުން ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބިދާނެއެވެ. ކޮންޓިނިއުސް ކަރުނަގައި 98 އިންސައްތަ ފެން ހިމެނޭއިރު، ނަފްސާނީ ކަރުނަތަކުގައި ސްޓްރެސް ހޯމޯންތަކާއި އެހެނިހެން ވިހަ މާއްދާތައް އެކުލެވިގެންވެއެވެ. ސައިންސްވެރިން ތިއަރިޒްކޮށްފައިވާ ގޮތުގައި ރޮއިރޮއި ރޮއިލުމުން ތިބާގެ ސިސްޓަމުން މިކަންކަން ބޭރުވެގެން ދެއެވެ.

ރުއިމުގެ ސަބަބުން ލިބޭ ފައިދާތައް

  • މިޒާޖު ހަމައަކަށް އެޅުވުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރެއެވެ.
  • ރުއިމުގެ ސަބަބުން ނޭފަތް ސާފުވެއެވެ.
  • އެކިމީހުންގެ މެދުގަައި އޮންނަ ގުޅުންތައް ހަރުދަނާކޮށް ގަދަފަދަކޮށްދެއެވެ.

ބައެއް ފަހަރު ރުޅިގަދަވުމަކީވެސް ރޮވޭ ކަމެކެވެ. ހަމަ ހުއްޓުމެއް ނެތި ރޮވޭ ގޮތްވެއެވެ. އެކަމަކު އާހިރުގައި އެއްކަލަ ރުޅިގަނޑުވެސް ކަރުނައާއެކު ދޮވެވިގެންދެއެވެ.

މިނޫންވެސް އެތައް ބައިވަރު ސަބަބުތައް ހޯދިފައިވާ އިރު، ކަމެއް ދިމާވުމުން ރޮވޭގޮތްވީމަ އެކަމާ ލަދުގަންނަނީ ކީއްވެގެން ހެއްޔެވެ. ހޭލުންތެރިވުމަށް ގިނަ ލިޔުންތައް ކިޔައި ތަންދޮރު އެނގޭ ފަދަ ހިޔާލުތައް ހޯދައި އަމިއްލަ މައުލޫމާތުގެ އެހީގައި އަމިއްލަ ނަފުސު ކުރިއަރުވާށެވެ.

ރުއިމަކީ ފިނޑިކަމެއް ނޫނެވެ. ކިތަންމެ ހިތްވަރުގަދަ، ހަށިގަނޑުން ބިޔަ މީހަކު ނު ރޮއި، ކަރުނަ ހިފަހައްޓާ ހެދުމުން އޭނާގެ ހަށިގަނޑަށާއި ސިކުނޑިއަށް އެ ދެވެނީ އަނިޔާއެއް ނޫންބާވައެވެ. އެހެންކަމުން މިފަދަ ބޭކާރު ފިކުރުތައް ދޫކޮށްލުން ރަނގަޅެވެ. ބައެއްފަހަރު އުފަލުން ގޮސް ރޮވޭ އިރު އަނެއްބައިފަހަރު އެހެން ކޮންމެވެސް ގޮތަކުންވެސް ލޮލުން ކަރުނަ އާދެއެެވެ. މިއީ އެއްކަލަ ސިއްހީ ފައިދާތަކަށްޓަކައި ރޭވިފަ އޮންނަ އުސޫލުން ހިނގާ ކަންތައްތަކެވެ. އެކަންކަމާ ދެކޮޅު ނުހަދާށެވެ.

(މައުލޫމާތު:ހެލްތުލައިން)