ޣައްޒާގައި ފެތުރެމުންދާ ބަލިތަކާއި މެދު ކަންބޮޑުވުން، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު އެޗްއޯ) އިން ފާޅުކޮށްފިއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އުފެދިފައިވަނީ ވަރަށް ނުރައްކާތެރި، އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ މާހައުލެކެވެ. ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން އިމާރާތްތަށް ބިމާހަމަވެ، ހިރަފުސް ގިނަވެ ސާފު ވައި ޣައްޒާގައި ދިރިއުޅޭ މުސްލިމުންނަށް ނުލިބެއެވެ. އަދި އެތަށް ދުވަސް ތަކެށް ވަންދެން އަންނައުނު ބަދަލު ނުކޮށް ހުރުމުގެ ސަބަބުން ވެސ ޖަރާސީމާއި އެކިއެކި ވައިރަސްތަށް އުފެދެއެވެ.

ސިއްހީ ނިޒާމަށް ބުރޫއަރާ، ސާފު ފެންނުލިބި، ހިޔާތަކުގައި މީހުން ތޮއްޖެހިފައި ތިބެން ޖެހުމުގެ ސަބަބުން ވެސް ބަލިތަށް ފެތުރޭ ކަަމަށް ޑަބްލިއުއެޗްއޯ އިން ވިދާާޅުވިއެެވެ.

“ޣައްޒާއާ ކުރިމަތިވެފައިވަނީ ވަރުގަދަ ހަނގުރާމަތަކާއި، ގަދަ ތޮއްޖެހުމާއި، ސިއްހަތާއި ފެނާއި ސާފުތާހިރުކަމުގެ ނިޒާމުތަކަށް ބުރޫއެރުމުގެ ސަބަބުން އިތުރު ނުރައްކަލެއް: ފަތުރުވެރި ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާތީ،” ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 35000 އަށް ވުރެ ގިނަ ޑައިރިއާ ކޭސްތަކެށް ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދެއެވެ. އަދި މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނެވެ.