މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުންނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ބޭސިކް ފަޔަރ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކުލާސްތައް ބާއްވާފައިވަނީ ނޮވެންބަރު 6، 7، 8 އަދި 9 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

އަދި މި ކުލާސްތަކުގައި، ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން ފަރިތަކޮށްފައިކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ކުލާސްތަކުގައި އެ އިދާރާގެ ޖުމްލަ 160 މުވައްޒަފަކު ބައިވެރިވިއެވެ. އަދި މުދައްރިބުންގެ ގޮތުގައި މި ކްލާސްތަކުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ މުދައްރިބުންނެވެ.