މޯލްޑިވްސް އިސްލާމިކް ބޭންކުގެ މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ރިފްރެޝަރ ޕްރޮގްރާމަކީ އެމްއެންޑީއެފް މެޑިކަލް ކޯރއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ނޮވެމްބަރު 12 ވަނަ ދުވަހު ހިންގި ޕްރޮގްރާމެއް ކަމަށެވެ. އަދި ޕްރޮގްރާމަކީ މީގެ ދެ އަަހަރު ކުރިން އެމްއެންޑީއެފް މެޑިކަލް ކޯރއިން އެމްއައިބީގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސީޕީއާރު/އޭއީޑީ ކޯހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އަދި ކުރިން މި ކޯސް ފުރިހަކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސީޕީއާރު/އޭއީޑީ ސެޓިފިކޭޝަން ކާޑުގެ ރިނިއުވަލްއެއް ލިބިގެންގޮސްފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ 17 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރއަށް ނިސްބަތްވާ ސިފައިންނެވެ.