މެޑިކަލް ޗެކަޕަށްފަހު ޑޮކްޓަރަށް ދެއްކުމުން، ކޮންމެ ދުވަހަކު މަދުވެގެން 20 އާއި 30 މިނެޓާ ދެމެދުގެ ވަގުތެއްގައި ހޭން ނުވަތަ ހިނިތުން ވުމަށް ޑޮކްޓަރު ލަފާދީފިނަމަ ހައިރާން ނުވާށެވެ. މިއީ ޖޯކެއް ކަމަށް ހީވިޔަސް، ހިނިތުންވުމުން ނުވަތަ ހީ ހެދުމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ކުރާކަން މިވަނީ ދިރާސާތަކުން ދައްކާފައެވެ. މީގެ ތެރޭގައި ހިތަށާއި ލޭ ހޮޅިތަކަށާއި މޫޑު ރަނގަޅުވުމާއި، ތަދު ކުޑަވުމާއި، ދިފާއީ ނިޒާމު ވަރުގަދަވުން ހިމެނެއެވެ.

އިންޓަގްރޭޓެޑް ހެލްތްކެއާ ސޮލިއުޝަންސް ކުންފުންޏެއް ކަމަށްވާ އެންވޯލްވްގެ ސިއްހީ ތަޖުރިބާކާރުން ވަނީ ހިނިތުންވުމާއި ހީ ހެދުމުން ސިއްހަތަށް ލިބޭ 5 ފައިދާއެއް ހާމަކޮށްފައެވެ.

ހިނިތުންވުމާއި ހީ ހެދުމުން ސިއްހަތަށް ލިބިދޭ 5 ފައިދާ:

1. ސްޓްރެސް ދަށްކުރުން.

ހެއްވާލުމަކީ ސްޓްރެސް ހޯރމޯންތައް ދަށްކުރުމާއި މުޅި ހަށިގަނޑުގައި ހުންނަ ފިޒިކަލް ޓެންޝަން ކުޑަކުރުން ފަދަ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާ ކަމެކެވެ. އަދި ހިތުގެ ސިއްހަތަށް ރަނގަޅު، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. ހެނދުނު ދަތުރުކުރާއިރު ނުވަތަ ހަވީރު ހިނގާލުމެއްގައި މަޖާ ޕޮޑްކާސްޓެއް އަޑުއަހަން މަސައްކަތް ކުރާށެވެ. މަޖާ ކަމެއް ނުވަތަ މަޖާ މީހަކު ހޯދުމަކީ ހަމައެކަނި މޫޑު ރަނގަޅުކޮށްދޭ ކަމެއް ނޫން ކަމަށާއި ހެއްވާ އަޑުން ލޭ ދައުރުވުން އިތުރުކޮށްދީ މަސްތަކުގައި ރިލެކްސް ކޮށްދޭ ކަމެކެވެ. އެހެންކަމުން ހޭން އުޅޭވަރަކަށް ހަމަޖެހުމާއި ސްޓްރެސް ލުއިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ.

2. ދިފާޢީ ނިޒާމު ވަރުގަދަކުރުން.

ހިނިތުންވެލައިގެން ނުވަތަ ހޭން އުޅޭއިރު ލިބޭ އެ ރަނގަޅު އިހުސާސަކީ ސިކުނޑީގައި ކެމިކަލް ރިއެކްޝަނެއް އުފެދި، ނިއުރޯޕެޕްޓައިޑްސް ކިޔާ ކުދި ޕްރޮޓީންތައް ދޫކޮށްލާ ކަމެކެވެ. މި ކުދިކުދި މޮލިކިއުލްތަކުން ދިފާއީ ނިޒާމު ޓޮލަރެންސް ދަމަހައްޓައި، ސީރިއަސް ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދެވިދާނެ އެވެ. ދިރިއުޅުމަކީ ބުރަ ދިރިއުޅުމަކަށް ވެދާނެތީ ދުވަހުގެ ދިރިއުޅުމުގައި ސަމާސާ ހިމަނަން ޔަގީން ކުރަން ޖެހެ އެވެ. ކަމުދާ ކޮމެޑީ ބަލާލުމެއް ކަމުގައި ވިޔަސް ނުވަތަ ރައްޓެހިންނާ މަޖާ ވީޑިއޯ ނުވަތަ މީމްތައް ހިއްސާ ކުރުމަކީ ވިޔަސް މޫޑު ލުއިކޮށް ހޭން ވަގުތު ހޯދުމަކީ މުހިންމު ކަމެކެވެ.

3. މޫޑު ރަނގަޅުކުރުން.

ހިނިތުންވެލުމުން ހަށިގަނޑުން ތަފާތު ތިން ހޯރމޯން ދޫކުރެއެވެ: އެއީ ޑޮޕަމިން، އެންޑޯފިންސް، އަދި ސެރޮޓޮނިން އެވެ. މި ހޯރމޯންތަކުން ހަށިގަނޑަށް އުފާވެރިކަން އިހުސާސް ކުރެވޭ ގޮތަށް “ޓްރިކް” ކުރަނީ، މި ހޯރމޯންތަކުގެ މިންވަރު ދަށްވުމަކީ ޑިޕްރެޝަނާ ގުޅުން ހުރި ކަމެއް ކަމަށް ވެސް އެންވޯލްވްގެ ތަޖުރިބާކާރުން ވިދާޅުވި އެވެ. ފޯނުން ކަމުދާ ފޮޓޯތައް ބަލާލުން ނުވަތަ އަލްބަމެއް އުފެއްދުމާއި ސާދާ ކަމެއް ކުރުމަކީ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭނެ ކަމެކެވެ. މާބޮޑު މަސައްކަތަކާއި ނުލައިވެސް ހިނިތުން ވެލައިގެން ތިބާއަށް ލިބިދޭ ހިތްހަމަ ޖެހުން އިހްސާސް ކޮށްލުމުން އެކަމާމެދު ހައިރާންވާނެއެވެ.

4. ރިހުން ކުޑަކުރުން.

ހިނިތުންވެލުމުން ދޫކުރާ އެންޑޯފިންސް އަކީ ހަށިގަނޑުގައި ރިއްސުން ނުވަތަ ކުދިކުދި ތަދުތައް ވަގުތީ ގޮތުން ކުޑަކޮށްދޭ އެއްޗެކެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް ހޭން އިތުރުވުމަކީ ތަދު ތެރެސްހޯލްޑް މަތިކޮށްދީ، ކެތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ރިހުން ކުރިމަތިވާނަމަ އެންމެ ގަޔާވާ ކޮމެޑީ ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ބަލަން ތިއްބަވައިގެން ކޮންމެވެސް ވަރަކަށް ހެއްވާ ވާހަކަތައް ދެއްކުމަކީ އިސްކަންދޭ ކަމެކެވެ. އޭގެ ސަބަބުން ޖުމްލަ ސިއްހަތާއި ދުޅަހެޔޮކަން ރަނގަޅުވާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވި އެވެ!

5. ޕޮޒިޓިވިޓީ އިތުރުކުރުން.

ހިނިތުންވުމުން އުފެދެނީ ހެޔޮ އިހުސާސެކެވެ. މި އުފާވެރި ވިސްނުން ދެމެހެއްޓުމަކީ އުމުރު ދިގުވުމާއި، ހިތާ، ހިތާއި ގުޅިފައިވާ ލޭ ހޮޅިތަކުގެ ސިއްހަތު ރަނގަޅުވުމާއި، ޑިޕްރެޝަންގެ ނިސްބަތް ދަށްވުން ފަދަ ހަގީގީ ސިއްހީ ފައިދާތަކެއް ލިބިގެންދާ ކަމެކެވެ.

ސަމާސާ ކިޔައިދިނުމުން ވިޔަސް ނުވަތަ ވާހަކަ ހިއްސާކުރުމުން ވިޔަސް ތިމާ ހެއްވާ ރައްޓެހިން ނުވަތަ އާއިލާއާ ގުޅެން ވަގުތު ހޯދާށެވެ. ހަނދާން ކުރަންވި ކަމަކީ ދިރިއުޅުމުގައި ތިބާ ހިނިތުންވާ މިންވަރު ނުވަތަ ހީ ހަދާ މިންވަރު ގިނަވި ވަރަކަށް ވަރަކަށް ތިމާއާއި ތިމާގެ ވަށައިގެން ތިބި މީހުންނަށް އުފާވެރިކަން އިހުސާސް ކުރެވޭނެއެވެ.