ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް ޓަކައި "ބެލެންސްޑް ކޮލެސްޓްރޯލް ލެވެލް" ނުވަތަ ހަމަހަމަ ގޮތަކަށް ސަރުބީ ބެހެއްޓުން ވަރަށް މުހިންމެވެ. ފުރަމޭއަކީ ފާހަގަ ނުކުރެވި އޮތަސް މި "ހަމަހަމަ" ކުރުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރެއެވެ.
ފުރަމޭ އަކީ ބަނޑުގެ މަތީ ކަނާތް ފަރާތުގައި ހުންނަ، ހަށިގަނޑުގެ އެންމެ ބޮޑު 'ގްލޭންޑެވެ،" މިއީ ހަށިގަނޑަށް އެތެރެ ކުރާ ބޭސްތަކާއި ބޭރުން އެތެރެކުރާ އެހެނިހެން ތަކެތި ބަލައި ޗެކްކޮށް އޭގެއިން މުހިންމު ބައިތައް ވަކިކޮށް ހަދާ "ހަށިގަނޑުގެ މާސްޓާ ޑިޓޮކްސަރެވެ. މިއީ ހަކަތައަށް ހަށިގަނޑު ބޭނުންކުރާ ގްލައިކޯޖަން ރައްކާކޮށްދޭ ތަނެވެ.
މީގެ އިތުރުން ފެޓް، ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީން މެޓަބޮލައިޒް ކުރުމުގައި ވެސް މިއީ މުހިއްމު ތަނެވެ. ދުޅަހެޔޮ ފުރަމޭއަކުން މިމަސައްކަތްތައް ނުހަނު ފުރިހަމައަށް ކުރަނީ، އިންސާނާގެ ހަށިގަނޑަށް އެނގުމެއް ނެތި ނުހަނު އަވަސްމިނުގައެވެ.
ފުރަމޭގެ އެންމެ މުހިންމު މަސައްކަތަކީ ހަށިގަނޑަށް އެތެރެވާ ކާނާއިން ސަރުބީ އުފެއްދުމާއި ނައްތާލުމެވެ.
ކޮލެސްޓްރޯލް އަކީ ހަށިގަނޑަށް މުހިންމު ދައުރެއް އަދާކުރާ ވެކްސް، ފެޓީ މާއްދާއެކެވެ. މިއީ ސެލްތަކުގައި އެކުލެވިގެންވާ އަދި އެސްޓްރޮޖަން ފަދަ ހޯމޯންތައް އުފައްދަން އެހީތެރިވެދޭ އެއްޗެކެވެ.
ފުރަމޭގެ ސަބަބުން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ސަރުބީ އުފައްދައިދޭ އިރު، ބައެއް ކާނާތަކުގައި މައިގަނޑު ގޮތެއްގައި ޖަނަވާރުގެ ބާވަތްތައް ކަމަށްވާ ޑިންގީ، ޑެއިރީ އަދި މީޓް ފަދަ ތަކެތި ވެސް އޭގެ ޒާތުގައި ސަރުބީ އެކުލެވިގެންވެއެވެ. ވުމާއެކު މި ބާވަތްތައް ކެއުމުން ފުރަމޭއަށް ސަރުބީ އުފައްދަން މަސައްކަތް ކުރަން ނުޖެހޭނެއެވެ.
ސެލްތަކަށް ސަރުބީ އުފުލާ "ލިޕޯޕްރޮޓީންގެ ދެ ވައްތަރެއް ހުރެއެވެ: ހައި ޑެންސިޓީ ލިޕޯޕްރޮޓީން (އެޗްޑީއެލް) އާއި ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް) އެވެ.
އެޗްޑީއެލް އަކީ "ރަނގަޅު" ކޮލެސްޓްރޯލް ކަމަށް ބެލެވެނީ ދުޅަހެޔޮ ފެންވަރަކުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭތީ އެވެ. އަނެއްކޮޅުން އެލްޑީއެލް އަކީ "ނުބައި" ކޮލެސްޓްރޯލް ކަމަށް ބެލެވިފައި ވަނީ އެއީ ނާރުތަކުގައި ފެޓީ ބިލްޑްއަޕް (ޕްލޭކް) ޖެހުމަށް އެހީތެރިވެދޭތީއެވެ.
ސަރުބީއަށް ދޭ ސަމާލުކަން އެންމެ ބޮޑަށް ބަޔާންކުރަނީ އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް ސަރުބީގެ ރަނގަޅު ސަރުބީއަކީ ހަޖަމުކުރުމަށް ބޭނުންވާ ހޯމޯންތަކާއި ވިޓަމިން ޑީ އަދި އެންޒައިމްތައް އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ.
އެހެންކަމުން މި ދެ ބާވަތުގެ ސަރުބީވެސް ހަމަހަމަ ކޮށް ބެހެއްޓުމަށް އިރުޝާދު ދެއެވެ. ސަބަބަކީ ފުރަމޭގައި ސަރުބީ ޖަހާ ހިސާބަށް ހަށިގަނޑަށް "އެލްޑީއެލް" ނުބައި ސަރުބީ އެތެރެ ވާނަމަ ފުރަމޭގައި ސަރުބީ ޖެހުމުގެ ފުރުސަތު ހުޅުވުނީއެވެ.
ހަމަހަމަކޮށް ދެ ވައްތަރުގެ ސަރުބީ ބެހެއްޓުމަަށް ސަމާލުކަން ދިނުން މުހިންމެވެ. ކެއުމުގެ ތެރެއިން ނުހަނު ފަސޭހަކޮށް އެކަން ކުރެވިދާނެއެވެ. އެހެންކަމުން ކެއުމުގެ ތެރޭގައި އޯޓްސް ހިމެނުމަށް އިސްކަން ދިނުން ރަނގަޅެވެ.
ސަބަބަކީ ސަރުބީ ދަށްކުރުމަށް އެޅޭ ފަސޭހަ ފުރަތަމަ ފިޔަވަޅަކީ ހެނދުނުގެ ނާސްތާއަށް ޗިއާސީޑްސް، އޯޓްމީލް ނުވަތަ ކޯލްޑް އޯޓް ބޭސްޑް ސީރިއަލް ކެއުމެވެ. ބާލީ އާއި އެހެނިހެން ހޯލް ގްރެއިންސް ބޭނުން ކުރާށެވެ. އޯޓްސް އާއި އޯޓް ބްރޭން ފަދައިން ބާލީ އާއި އެހެނިހެން ހޯލް ގްރޭންސް ބޭނުންކުރުމެވެ. މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމެވެ.
ދެން އޮތީ ފުރަމޭގައި ސަރުބީ ޖަހައިފިނަމަ ވާނޭ ގޮތުގެ ވާހަކައެކެވެ. މީގެ ދެވަނަ ބައިގައި ބަލާލާނީ ފުރަމޭގައި ސަރުބީ ޖެހުމުން، އެކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތަކަކާއި ބޭނުން ކުރާނެ ބުއިމަކަށެވެ.
(މައުލޫމާތު: ހެލްތުލައިން، މާޔޯކްލިނިކް)